އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޮފިޑް) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.
އޮޕެކް ފަންޑުން ރާއްޖެއަށް ލޯނު ދިނީ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިންގުމަށެވެ.
ހޮޓެލް ޖެންގައި ބޭއްވި އިވެންޓެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހަމީދު އަލް ހަލީފާ އެވެ.
އޯޕެކް ފަންޑުގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދު އަލް ހަލީފާ ވިދާޅުވީ ރާއްޖެއަކީ ލޯނު ނަގައިގެން މަސައްކަތް ކުރާ ގައުމުތަކުގެ ތެރެއިން އެންމެ ބަރާބަރަށް ފައިސާ އަނބުރާ ދައްކާ އެއް ގައުމު ކަމަށެވެ.
ރާއްޖެ އަށް ލޯނު ދިން، އޯޕެކް ފަންޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަޝްރޫއު ހިންގަން ވެސް އެންމެ ބޮޑު ލޯނެއް ދިން އެއް ޖަމާއަތެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް