އެންޒީގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި

ތަފާތު އުފެއްދުންތަކާއެކު، އެންސިސް ކުންފުނިން "އެންޒީ" ގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ. ފިހާރާގައި ލިބެންހުރި ބާވަތްތަކުގެ ތެރޭގައި ދިވެހި ކުކުޅު ބިހާއި ރާއްޖޭގައި ތައްޔާރު ކޮށްފައި ހުންނަ ...

16 Jan 2020 | 06:54

ތަފާތު އުފެއްދުންތަކާއެކު، އެންސިސް ކުންފުނިން "އެންޒީ" ގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ފިހާރާގައި ލިބެންހުރި ބާވަތްތަކުގެ ތެރޭގައި ދިވެހި ކުކުޅު ބިހާއި ރާއްޖޭގައި ތައްޔާރު ކޮށްފައި ހުންނަ ގިތެޔޮ މިރުހުގެ ސޯސް އަދި ކާށި ތެޔޮ ފަދަ އުފެއްދުންތައް ހިމެނެ އެވެ. އަދި އާދަކޮށް ވިއްކާ މަހުގެ ހުރިހާ ބާވަތްތައް ލިބެން ހުރެ އެވެ.

މި ފިހާރާގައިގެ ހާއްސަ އެއް ބަޔަކީ އެންޒީ ބްރޭންޑުގެ ބޭކަރީ ސާމާނު ވިއްކާ ކޯނާ އެވެ.

މި ފިހާރަ ބުރުޒު މަގުގައި ރޭ ހުޅުއްވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.

އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް (އެންސިސް ވަސީމް) ވިދާޅުވީ އާ ފިހާރަ އިން މަހުގެ ތަފާތު އުފެއްދުންތަކާއި ބޭކަރީ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް