ދަރިވަރުންގެ ވެކްސިން މައުލޫމާތު ހިއްސާާ ކުރަން އެދިއްޖެ

އަމިއްލަ ސްކޫލުތައް ހިމެނޭގޮތަށް ދަރިވަރުންގެ ވެކްސިން މައުލޫމާތު ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައ...

16 Jan 2020 | 05:35

އަމިއްލަ ސްކޫލުތައް ހިމެނޭގޮތަށް ދަރިވަރުންގެ ވެކްސިން މައުލޫމާތު ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދަރިވަރުންނަށް ތައުލީމު ދިނުމަކީ ސްކޫލުތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ތާވަލު ފުރިހަމަ ނުކުރާ ދަރިވަރަކު އެއްވެސް ސްކޫލަކަށް ފާހަގަވެއްޖެނަމަ، އެ ދަރިވަރެއްގެ މައުލޫމާތު އެޑިއުކޭޝަންގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނާ ހިއްސާކޮށް އެ ސެކްޝަން މެދުވެރިކޮށް ނުވަތަ އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމުގައި ބައިވެރިކޮށް ވެކްސިން ފުރިހަމަކުރުމަށް މަސައްކަތްކުރުމަށް ސްކޫލުތަކަށް އަންގާ ކަމަށެވެ.

ރާއްޖޭގެ ވެކްސިން ތާވަލަށް މިދިޔަ އަހަރު އެޗްޕީއޭއިން ބަދަލު ގެނެސްފައިވާ ކަމަށާއި ރާއްޖޭގެ ސްކޫލުތަކަށް ކޮންމެ ގްރޭޑަކަށް އަލަށް ވައްދާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާ ކުދިންނަކީ ގައުމީ ވެކްސިން ތާވަލުގައި ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިވާ ކުދިންކަން ކަށަވަރުކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް