އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައި އަނިޔާ ކުރިނަމަވެސް ޔާމީން އަށް އޮތް ތާއީދު އިތުރު ވަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ިރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާ އެއްގަ އެވެ، އަދުރޭ ވިދާޅުވީ ސަރުކާރުން ރައީސް ޔާމީނަށް އަނިޔާ ކުރަމުން ދާއިރު، ރައްޔިތުން ބޭނުންވާ ތަރައްގީ ސަރުކާރަށް ގެނެސް ނުދެވޭ ކަމަށާއި ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ.
އަދުރޭ ދެން ވިދާޅުވީ ގައުމު ސަލާމަތް ވާނީ ކައުންސިލްތައް ޕީޕީއެމަށް ދީގެން ކަމަށެވެ. އަދި އޭގެ ފަހަށް ވެސް މަސައްކަތް ނުނިމޭ ކަމަށާއި ކައުންސިލްތައް ކާމިޔާބުކޮށް ޕީޕީއެމް އަލުން ވެރިކަމަށް ގެންނަން މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ޕާޓީއެއް ނޫން ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް އަދުރޭ ރައްދު ދެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް