ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ބަދަލުގައި އެ ފެންވަރުގެ އާ ހޮސްޕިޓަލެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްއެވެ.
ކުޅުދުއްފުށި ސިޓީގައި ރޭ ބެއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރަށުގެ ބަނދަރު ހެދުމުގެ އިތުރުން މުހިންމު މަސައްކަތެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ހިދުމަތް ލިބޭ ގޮތައް ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.
ލާމަރުކަޒީ ނިިޒާމަކުން ރާއްޖެ ތަރައްގީ ކުރާއިރު އެންމެ މުހިންމު އެއް ކަމަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށާއި އެ މަސައްކަތް ފަށާނީ އުތުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަށްޓައި 150 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އުތުރުގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ ކުޅުދުއްފުށި ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް