ކަޕިލް ޝަރްމާގެ ދަރިފުޅު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނަށް ދައްކާލައިފި

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއަށް އަންހެން ދަރިއަކު ލިބުނީ މިދިޔަ ޑިސެމްބަރު މަހުގެ10 ވަނަ ދުވަހު އެވެ. ފުރަތަމަ ދަރިފުޅު ލިބުނުކަން އިއުލާނު ކުރުމަށް ފަހު ކުއްޖާގެ ނަންވެސް ހާމަކޮށްފައ...

16 Jan 2020 | 04:30

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާއަށް އަންހެން ދަރިއަކު ލިބުނީ މިދިޔަ ޑިސެމްބަރު މަހުގެ10 ވަނަ ދުވަހު އެވެ.

ފުރަތަމަ ދަރިފުޅު ލިބުނުކަން އިއުލާނު ކުރުމަށް ފަހު ކުއްޖާގެ ނަންވެސް ހާމަކޮށްފައެއް ނުވެ އެވެ. އިއްޔެ ފުރަތަމަ ފަހަރަށް ދަރިފުޅާއި އަނބިމީހާ ގިނީ ޗަތްރަތް އާއި އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކުރުމަށް ފަހު ވަނީ ދަރިފުޅުގެ ނަން ހާމަކޮށްފައި އެވެ.

ދެމަފިރިންގެ ހިތުގެ އެއްބައިގެ ގޮތުގައި ސިފަކޮށް ސަޕޯޓަރުން ކައިރީގައި ކަޕިލް ބުނެފައިވަނީ ދަރިފުޅަށް ކިޔަނީ އަނައިރާ ޝަރުމާ ކަމަށެވެ. އެ ފޮޓޯ ހިއްސާ ކުރުމުގެ ކުރިން އޭނާ މަންމަ ވަނީ ގޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ކަޕިލް އާއި ދަރިފުޅު ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފައި އެވެ.

ކަޕިލް މިހާރު ފެނިގެންދަނީ ސޮނީ ޓީވީން ދައްކާ އޭނާގެ އަމިއްލަ ޝޯ "ދި ކަޕިލް ޝަރުމާ ޝޯ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް