އަލަށް ދަތްފަޅާއިރު ކުޑަކުދިން އެތައް ވޭނެތް ތަހައްމަލް ކުރާކަން އެހެން މީހަކަށް އިހުސާސް ނުކުރެވުނަސް މައިމީއަށް ކުރެވޭނެ އެވެ.
ނުކެވުމާއި ރުއިން އިތުރުވުން، ރުޅިގަދަވެ ބޮޑާ ހޭކުމަކީ ދަތް ފަޅާއިރު ކުޑަކުދިންނަށް އަންނަ ބަދަލެވެ. މި ބަދަލު ވަކިން ކޮންމެ ދަތެއް ފަޅާއިރު އަންނަ ކުދިންވެސް އުޅެ އެވެ. ދަތް ފަޅާއިރު އަނގަޔާއި ހިރުގަނޑަށް ތަދުވުން ފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ގޭގައި ބައެއް ފަރުވާ ދެވިދާނެ އެވެ.
ފޮތިކޮޅަކަށް ފިނިފެން އެޅުމަށް ފަހު އެ ފޮތިގަނޑު ހެފުމަށް ކުއްޖާގެ އަނގައަށް ލަވާށެވެ. ނުވަތަ އައިސް ކިއުބް ކޮޅެއް ދިނުންވެސް ރަނގަޅުވާނެ އެވެ. އޭރުން ކުއްޖާ އައިސް ކިއުބް އަނގައަށް ލައި ހަފަން މަސައްކަތް ކުރުމުން ތަދުގެ އިހުސާސް ކުރެވުމުން ކުޑަވާނެ އެވެ.
ދަތް ފަޅައިރު ކުޑަކުދިން އަނގައަށް ލައިގެން ގެންގުޅެން ތައްޔާރުކޮށްފައި ހުންނަ މަޑު ކުޅޭ އެއްޗެއްސަކީވެސް ތަދުގެ އިހުސާސް ކުދިންނަށް ކުރުން ކުޑަކޮށްދޭ އެއްޗިއްސެވެ. ކުޅޭ އެއްޗަކީ ދަތް ފަޅާކަމަށް ފާހަގަ ކުރެވޭ ސަރަހައްދަށް ފޯރާވަރުގެ އެއްޗަކަށްވުން މުހިންމު ވާނެ އެވެ. އެންމެ ރަނގަޅުވާނީ ސިލިކޯން ކުޅޭ އެއްޗިއްސެވެ.
ކަމޮމައިލް އަކީ ގުދުރަތީ ގޮތުން ނާރުތަކަށް އަރާމު ލިއްބައިދޭ އެއްޗެކެވެ. ކަމޮމައިލް ސައި ހެދުމަށް ފަހު އޭގެއް އައިސް ކިއުބް ހަދާށެވެ. އެއަށް ފަހު ކުއްޖާ އަމިއްލައަށް އަނގައަށް ލައިގެން ކުޅެން ދޭށެވެ.
އެކަމަކު މި ކަންކަމަކީ އަލަށް ދަތްފަޅާ ހުރިހާ ކުދިންނާއި ނުގުޅޭ ކަންކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް