ކާން ނުދީ 45 ބުޅާ ގެންގުޅުނު ޗައިނާ އަންހެނަކު ހައްޔަރުކޮށްފި

ހަފްތާއަކަށްވުރެ ގިނަ ދުވަސްވަންދެން، ކާން ނުދީ ފެންވެސް ނުދީ 45 ބުޅާ ގެންގުޅުނު ޗައިނާ އަންހެނަކު ޗައިނާގައި ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކ...

16 Jan 2019 | 14:11

ހަފްތާއަކަށްވުރެ ގިނަ ދުވަސްވަންދެން، ކާން ނުދީ ފެންވެސް ނުދީ 45 ބުޅާ ގެންގުޅުނު ޗައިނާ އަންހެނަކު ޗައިނާގައި ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ޖަނަވާރަށް އަނިޔާ ކުރާ ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގާ ތިން އަހަރުގެ ޖަލު ހުކުމަކާއި 25 ހާސް ފަސް ސަތޭކަ ޑޮލަރުގެ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ.

އޭނާ ހައްޔަރުކޮށްފައިވާއިރު އެ ބުޅާތައް ގެންގުޅުނު ގެއަކީވެސް އެއްވެސް ވަރަކަށް ސާފުނުކޮށް ގެންގުޅޭ ގެއެއް ކަމަށް ރިޕޯޓްކށްފައިވެއެވެ. އެކަން ރިޕޯޓްކުރީ ހައްޔަރުކުރި އަންހެން މީހާގެ އަވަށްޓެރިއއެކެވެ.

އެ އަންހެން މީހާ ހައްޔަރުކޮށްފައިވާއިރު ބުޅާތައް ވަނީ އެ ސަރަހައްދުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ބުޅާތަކުގެ ސިއްހީ ޓެސްޓްތަކެއް ހެދުމަށްފަހު އެ އަންހެންމީހާއާއި ދެކޮޅަށް ކޯޓުގައި އެ ޓެސްޓުތަކުގެ ނަތީޖާ ބޭނުން ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް