ހުއިފުލަނޑާ ނަގަން ފޭބިމީހަކު ގެއްލިގެން ހޯދަނީ

ރ. ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ފުލުހުންނަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވަނ...

16 Jan 2019 | 06:39

ރ. ރަސްމާދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ފުލުހުންނަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވަނީ 10:25 ގައި ކަމަށެވެ. އަދި 10:30ގައި އެކަން ކޯސްޓްގާޑަށް އިންފޯމް ކޮށްފައިވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރ. ވަންދޫގެ ހުޅަނގު ފަރާތުގައި "އަންބަރާ" ނަމަކަށް ކިޔާ ދޯނިން ލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކްރޮޑްރަން އިން ފަށާފައިވާކަމަށެވެ. މިކަން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ 10:31 ގައި ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ ގެއްލިގެން ހޯދަމުން ދަނީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި ދެ ގަޑިއިރު ވީފަހުންވެސް ހަބަރެއް ނުވެގެން އެކަން ފުލުހުންނަށް އެންގީ ދޯނީގައި ތިބި މީހުން ކަމަށެވެ.

"ފުލުހުންގެ ސްޕީޑް ބޯޓް އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދަނީ، އެމްއެންޑީއެފް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ، އަދި މީހާ ފެނިފައއް ނުވޭ" ފުލުހުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ރ. ދުވާފަރު ފެހިހިޔާގެ، އުމުރުން 30 އަހަރުގެ އަބްދުﷲ އާދަމް ކަމަށާއި އޭނާ ލަނޑާ ނަގަން ޑައިވް ފެށީ ހެނދުނު 08:45ގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް