ގއ. ކަނޑުހުޅުދޫގައި ބައްޕައަކު، ތިން އަހަރުގެ ދަރިފުޅު އޭނާގެ މަންމައަށް ނޭނގި ރަށުން ބޭރަށް ގެންދިޔަ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅީ އެ ރަށު ކައުންސިލުންނެވެ.
ކަނޑުހުޅުދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެ ފިރިހެން މީހާ އަކީ އެރަށު އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ އެހެން ރަށެއްގެ ފިރިހެނެއް ކަމަށާއި، ކައިވެނީގައި މައްސަލަ ޖެހިގެން އެދެމަފިރިން އެރަށަށް ބަދަލުވެނަގެން އުޅޭކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.
އިއްޔެގެ ވަގުތެއްގައި ވަގުތެއްގައި ދެމަފިރިން ރަށު ކޯޓަށް ވެސް ދިޔަ ކަމަށާއި، ދަރިފުޅުގޮވައިގެން އެ ފިރިހެންމީހާ ރަށުން ފޭބީ އޭގެ ފަހުން ކަމަށާއި، މަންމަ އަށް ނާންގާ ދަރިފުޅު ގޮވައިގެންގޮސް އެމީހާ ހުރީ ކާދެއްދޫގައި ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެކަން މިހާރު ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް