ސްޕޭނުގެ ދެކުނު ސަރަހައްދެއްގައި 110 މީޓަރު (360 ފޫޓު) ފުން ހޮރަކަށް ވެއްޓުނު ދެ އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށް 100 އަށްވުރެ ގިނަ އެމަޖެންސީ ސާވިސް ވޯކަކުން ވަގުތާއި ހަނގުރާމަކުރަމުން އެބަދެއެވެ.
ސްޕޭނު މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ފަރުބަދަ ހިމެނޭ ސަރަހައްދެއްގައި ހުރި އެ ހޮރަށް ވެއްޓިފައިވަނީ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވެއްޓުނީ މިދިޔަ ހޯމަ ދުވަހުއެވެ. އެކުއްޖާގެ ނަމަކީ ޖުލެން އެވެ.
110 މީޓަރު (360 ފޫޓު) މި ހޮރަށް އެ ކުއްޖާ ވެއްޓުނީ އެ ސަރަހައްދުގައި އެ ކުއްޖާގެ އާއިލާއާއެކު ކުޅެން އުޅުމަށްފަހު އެ ކުއްޖާގެ މަންމަ އާއި ބައްޕަ ކެއުމަށް އިންސާފުކުރަމުން ދަނިކޮށެވެ.
އެކުއްޖާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ފަޔަރ ފައިޓަރުންނަށް އަދި ފެނިފައިވަނީ މެޓާ ކޮތަޅެއް އެކަންޏެވެ. ނަމަވެސް އެއީ އެ ހޮރު ތެރެއިން ކަމަށް ސީދާ ބުނެފައެއް ނުވެއެވެ.
އެ ހޮރަށް އިތުރަށް ކުނޑި އެޅުނަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނައިރު ދެ ކެމެރާއެއް އަޑިއަށް ފޮނުވައިގެންވެސް އެ ކުއްޖާ ފެނޭތޯ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އަދި ކުރިއެރުމެއް ލިބިފައެ ނުވެއެވެ.
ރެސްކިއު ޓީމުން މިހާރު ވިސްނަމުން ގެންދަނީ އެ ހޮރު ކައިރިން އިތުރު ބޮޑު ވަޅެއް ކޮނުމަށެވެ. ނަމަވެސް އެކަމުގައިވެސް ސީދާ ފައިނަލް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް