މިއީ އަނީސާ – އަނީސާ ވަނީ ހަ މަސް ދުވަހުން 30 ކިލޯ ދުއްވާލާފައި

މިއީ އަނެއްކާވެސް ހިކެން މަސައްކަތްކޮށް ކާމިޔާބު ހޯދި އަންހެން ކަނބަލެއްގެ ވާހަކައެވެ. ނަމަކީ އަނީސާ ވީ ރަންޖަން އެވެ. އިންޑިއާގެ މި އަނީސާ އަކީ އުމުރުން 28 އަހަރުގެ އަންހެން ކަނބަލެކެވެ. މީގެ ހަ މަސް...

16 Jan 2019 | 03:31

މިއީ އަނެއްކާވެސް ހިކެން މަސައްކަތްކޮށް ކާމިޔާބު ހޯދި އަންހެން ކަނބަލެއްގެ ވާހަކައެވެ. ނަމަކީ އަނީސާ ވީ ރަންޖަން އެވެ. އިންޑިއާގެ މި އަނީސާ އަކީ އުމުރުން 28 އަހަރުގެ އަންހެން ކަނބަލެކެވެ. މީގެ ހަ މަސް ކުރިން އޭނާގެ ބަރުދަނުގައި 99 ކިލޯ ހުރި ނަމަވެސް މިހާރު އަނީސާގެ ބަރުދަނަކީ 71 ކިލޯ އެވެ.

އަނީސާ ބުނެފައިވާގޮތުގައި ހިކުމާއިމެދު ފުންކޮށް ވިސްނަން ޖެހުނީ ފަލަކަމުން ކޮލެޖަށް ދާން ނުކެރުނު ހިސާބުންނެވެ. އަނީސާ ބުނެފައިވާގޮތުގައި އަލަށް ކޮލެޖަށް ދާ ކޮންމެ މީހަކުވެސް ދާނީ ވަރަށް އުފަލުން ކަމަށާއި ނަމަވެސް އޭނާ ފުރަތަމަ ދުވަހު ކޮލެޖަށް ދިޔައީ ވަރަށް ބިރުން ހުރެ ކަމަށެވެ. ފަލަ ކަމުން މީހުން ދިމާކޮށްފާނެތީ ކަމުގައި އަނީސާ ބުނެއެވެ.

އަނީސާ އެހިސާބުން އަޒުމް ކަނޑައެޅީ ބަރުދަނުން ބައެއް ދުއްވާލުމަށެވެ. އެގޮތުން ހަ މަސް ދުވަހުގެ ތެރޭގައި އަނީސާ ވަނީ އެ ލަނޑުދަނޑި ކާމިޔާބު ކޮށްފައެވެ.

އަނީސާގެ ޑައެޓު

ހެނދުނުގެ ނާސްތާ

ބީސަން ޗީލާ (ބީސަން ޗީލާ އަކީ ތަރުކާރީ އަޅައިގެން އިންޑިއާގައި ހަދާ އުޅޭ ބިސްގަނޑެކެވެ) ނުވަތަ ދެ ބިސް ބްރައުން ބްރެޑާއެކު ނުވަތަ ތަރުކާރީ ސޭންޑްވިޗް.

މެންދުރުގެ ނާސްތާ

ކޮންމެވެސް ފެހި ފަތަކާއެކު ދެ ރޮށި ނުވަތަ ތަރުކާރީކޮޅަކާއި ސެލެޑެއް

ރޭގަނޑުގެ ނާސްތާ

ފިހުނު ކުކުޅު ނުވަތަ ކުކުޅު ސޫޕު ނުވަތަ ސެލެޑް

އަނީސާ އިތުރަށް ބުނެފައިވާގޮތުގައި ކުރިން ނަމަ ހެޔޮވަރު ހެދުން ހޯދުން އޮންނަނީ ވަރަށް ބޮޑު ކަމަކަށްވެފައެވެ. ނަމަވެސް މިހާރު ހިކުމުން ވަރަށް ފަސޭހަ ކަމުގައި އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް