ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކު މަރުވެއްޖެ

މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައިހުރި އަންހެނަކު މަރުވެއްޖެއެވެ. ފުލހުން ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހުރި 23 އަހަރުގެ އަންހެނަކު މަރުވީ އިއްޔެގެ ވަގުތެއ...

15 Jan 2019 | 23:47

މައްސަލައެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައިހުރި އަންހެނަކު މަރުވެއްޖެއެވެ.

ފުލހުން ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހުރި 23 އަހަރުގެ އަންހެނަކު މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުގައި ހުރި 23 އަހަރުގެ އަންހެން މީހާއަކީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ ފަރާތެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެވުނު ވަގުތުން ފެށިގެންނާއި، ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުގައި ހުރި މުއްދަތުގައި އޭނާއަށް ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކޮށްދީ، ފުލުހުންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ވާހަކަ ދަންނަވަމެވެ. ހަމައެއާއެކު ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުގައި ހުރި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކައި ފަރުވާ ދީފައިވާކަންވެސް ފާހަގަކުރަމެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނި އަންހެންމީހާ މަރުވުމާއި ގުޅިގެން ފުލުހުންގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިކަމުގެ މައުލޫމާތު ހިއްސާކޮށް، މިކަން ބަލައިދިނުމަށް ވާނީ އެދިފައި ކަމަށާއި އަދި މި މައްސަލައާ ގުޅިގެން މަރުވެފައިވާ ފަރާތުގެ އޮޓޯޕްސީއެއް ހެދުމާއި ގުޅޭގޮތުން އާއިލާއާ މަޝްވަރާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވާނެ ވާހަކަ ދަންނަވާކަމަށެވެ. ހަމައެއާއެކު އެ މުއައްސަސާތަކަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެވާހަކަވެސް ދަންނަވާކަމުގައި ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް