ތާޖުއްދީން ސްކޫލުގެ ތެރެއަށް ދެމީހަކު ވަދެ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި، ސްކޫލު ނިމުނު ވަގުތު ބެލެނެވެރިން ވަނުމަށް ގޭޓް ހުޅުވުމުން، ދެމީހަކު ވަދެ ދަރިވަރަކަށް ވަނީ ހަމަލާ ދީފައި އެވެ. ހަމަލާ ދީފައިވަނީ ދަނޑިބުރިއަކުން ކަމުގައިވެސް މައުލޫމާތު ލިބެ އެވެ. ހަމަލާ ދީފައިވަނީ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކަށެވެ.
ފުލުހުންވެސް ވަނީ މިފަދަ ކަމެއް އެ ސްކޫލުގައި ހިނގައިގެން އުޅޭކަން ކަށަވަރު ކޮށްދީފައި އެވެ.
"އެ ސްކޫލުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދެން" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
މި ހަމަލާގައި ޒަހަމްވި ކުއްޖާގެ ޔުނީފޯމުގައި ލޭ ފެންނަން ހުރި އިރު، މަންޒަރު ދުއް މީހަކު ބުނީ ހަމަލާ ދިނީ ގިނަ ދަރިވަރުންތަކެއްގެ ކުރިމަތީގައި ކަމުން މަންޒަރު ދުއް ގިނަ ދަރިވަރުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ބައެއް ދަރިވަރުން ރޯންވެސް ތިބި ކަމަށެވެ.
ފުލުހުންގެ ފަރާތުން އިތުރު ތަފްސީލް އަދި ނުލިބޭތީ މި ހަމަލާގައި ޒަހަމްވި ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައި އެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް