ސައުދީގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ކަނބަލުންނަށް، ކަލުންގެ ފުޓްބޯޅަ މެޗްތައް ބަލަން ވަނުމުގެ ހުއްދަ ނިމިދިޔަ ހަފްތާގެ ތެރޭގައި ދީފައިވާއިރު ސައުދީ ކަނބަލުން މެޗު ބަލަން ވަދެ، ސަޕޯޓް ކުރުމުން ޓީމުގެ ކުޅުން ރަނގަޅު ވެއްޖެ ކަމުގައި އެއް ޓީމުގެ ކޯޗު ބުނެފި އެވެ.
މިހެން ބުނެފައިވަނީ ނިމިދިޔަ ހަފްތާގައި ޖިއްދާގައި ކުޅުނު މެޗުގައި އަލް ބާތިން ޓީމާއި ބައްދަލުކުރި އަލް އަހްލީ ޓީމުގެ ކޯޗެވެ. މި ކޯޗަކީ ސާބިއާގެ ކޯޗެކެވެ.
ކޯޗު މިހެން ބުނެފައިވާއިރު ކަނބަލުންނަށް މެޗު ބަލަން ވަނުމުގެ ހުއްދަ ދިނުމަށްފަހު ކުޅުނު ދެ މެޗަށްވެސް ގިނަ އަދަދެއްގެ ކަނބަލުން ވަދެފައި ވެ އެވެ. އެގޮތުން ދެ މެޗަށް އެކީގައި ނުވަ ހާހަށްވުރެ ގިނަ ކަނބަލުން ވަދެފައިވާކަމުގައި ސައުދީން ވަނީ ހާމަކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް