މެލޭޝިޔާގެ ބަސް ސްޓޮޕެއްގައި މަޑުކޮށްގެން ތިބި އަންހެން ކަނބަލުންތަކެއްގެ ތެރެއިން ކަނބަލަކު ބުރުގާ ނާޅާ ހުރީތީ ފިރިހެނަކު އޭނާގެ މޫނުގައި ތަފާއްޔެއް ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.
ސާފުކޮށް އަޑުވެސް އެކުލެވޭ މި ވީޑިއޯގެ އަޑު ބައެއް މީޑިއާތަކުން ތަރުޖަމާ ކޮށްފައިވާއިރު ބުނެފައިވަނީ އެ ފިރިގެން މީހާ، އިނގިލި ދިއްކޮށްކޮށްފައި އެއްޗެހި ކިޔަމުން ގެންދިޔައީ ބުރުގާ ނާޅާ ތިބި ކަނބަލުންނަށް ކަމަށާއި އެކެއްގެ މޫނުގައި ތަފާއްޔެއް ޖެހީ، ބުރުގާ އެޅުމަކީ އަމިއްލަ އިހުތިޔާރުގައި ވާކަމެއް ކަމަށް އެ އަންހެން މީހާ ބުނުމުން ކަމަށެވެ.
ޔޫޓިއުބުގައި އެކަނިވެސް މި ވީޑިއޯ ހަތް ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވާއިރު ސޯޝަލް މީޑިއާގެ އެކި މީޑިއަމްތަކުގައި މި ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ.
މެލޭޝިޔާގެ 30 މިލިޔަނަށްވުރެ ބޮޑު އާބާދީގެ 60 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް