ޕާކިސްތާނުގައި، ރޭޕްކޮށް މަރާލުމަށްފަހު ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން އަށް އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލުގެ އައު ކުރެހުމެއް ޕާކިސްތާނު ފުލުހުން އާންމު ކޮށްފި އެވެ.
ކުރިން އާންމު ކުރި ކުރެހުމާއި މި ކުރެހުމާއި އިންތިހާއަށް ތަފާތު ބޮޑުކަން ފާހަގަ ކުރެވޭއިރު ފަހުން އާންމު ކުރި ކުރެހުމަކީ ފަހުން އާންމުކުރި ސީސީޓީވީ ފުޓޭޖްތަކުގެ އަލީގައި ކުރަހާފައިވާ ތަފްސީލީ ކުރެހުމެއް ކަމުގައި ޕާކިސްތާނު ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތާ މިއަދަށް ހަތް ދުވަސް ހަމަވާއިރު ތަހުގީގުގައި ފުލުހުންނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އަދި ގާތިލު ހޯދުމަށް ހައި ކޯޓުން ދިން މުއްދަތުވެސް މިހާރު ވަނީ ފާއިތުވެފައި އެވެ. އެހެންނަމަވެސް ތަހުގީގު ދަނީ ބާރު ސްޕީޑްގައި ކުރިއަށް ކަމަށާއި ކުރިއެރުންތައްވެސް ލިބެމުން އަންނަ ކަމުގައި ޕާކިސްތާނު ފުލުހުން ބުނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި މައްސައިގެ ތަހުގީގުގައި، ޒައިނަބު އުޅުނު ސަރަހައްދުގެ ދެ ކިލޯމީޓަރު ރޭޑިއަސްގައި ދިރިއުޅޭ، ހުރިހާ ފިރިހެނުންގެ ޑީއެންއޭ ޓެސްޓްތަކެއް ހެދުމަށްވެސް ޕާކިސްތާނު ފުލުހުން މިހާރު ވަނީ ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް