އުރީދޫ މޯލްޑިވްސްގެ ސީއީއޯގެ މަގާމު އެންމެފަހުން އަދާކުރި ވިކްރަމްސިންހާ ވަނީ އުރީދޫ މޯލްޑިވްސް އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާއިދީ ލީޑަރޝިޕްދައްކާފައި ކަމަށް އުރީދޫ އިން ބުނެފިއެވެ. އުރީދޫ މިޔަންމާގެ ސީއީއޯކަމާއި ރަސްމީކޮށް ވިކްރަމް ހަވާލުވި ޚަބާރާއި ގުޅިގެން ނެރުނު ޕްރެސްރިލީސްގައި ވަނީ އޭނާގެ ދައުރުގައި އުރީދޫ މޯލްޑިވްސް އިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލާފައެވެ.
ރާއްޖޭން ފުރާވަޑައިގަތުމަށްފަހު ވިކްރަމް މަސައްކަތްކުރެއްވީ އުރީދުގެ މިޔަންމާ ގޮފީގެ އެކްޓިން ސީއީއޯގެ މަގާމުގައެވެ. ވިކްރަން ރާއްޖޭގައި މަސައްކަތްކުރެއްވި އިރު އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ރާއްޖެ އަށް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ތްރީ ޖީ އަދި ފޯޖީ އާއި މޯބައިލް މަނީ ހިމެނެއެވެ. އަދި އުރީދޫ މޯލްޑިވްސް އަކީ ސާފުފައިދާވާ ކުންފުންޏެއް ކަމަށް ހަދާ ކުންފުނީގެ ހިއްސާވެސް ވިއްކާފައެވެ.
މީގެ އިތުރުން އޭނާ ފާހަގަކުރެވުނީ ނޫސްވެރިންނާއި ވެސް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައެވެ.
" ވިކްރަން ސިންހާ ވަނީ އަޅުގަނޑުމެންގެ ހިތުން ޖާގަ ހޯދާފަ. އޭނާ ދިއުމުން އަހަންނަށް ރޮވުނު. މީ ހަމަ ހަގީގަތް" އުރީދޫގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.
ވިކްރަމް ވަނީ މުވާސަލާތީ ހިދުމަތުގެ ދާއިރާގައި ވިހި އަހަރު މަސައްކަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް