މޭޑޭ މުޒާހަރާއާއި ގުޅިގެން ޖަލަށްލި އަބްދުﷲ ރަޝީދު ނިޔާވެއްޖެ

މީގެ ދެ އަހަރުކުރިން އިދިކޮޅު ފަރާތްތަކުން މޭޑޭގައި ކުރިއަށް ބޮޑު މުޒާހަރާއާއި ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގ ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވ...

10 Oct 2017 | 07:09

މީގެ ދެ އަހަރުކުރިން އިދިކޮޅު ފަރާތްތަކުން މޭޑޭގައި ކުރިއަށް ބޮޑު މުޒާހަރާއާއި ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގ ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 10:20 ހާއިރު ކަމަށް ކަރެކްޝަނުން ހާމަކުރެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުޤުމާން ވިދާޅުވީ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު އައިޖީއެމް ހޮސްޕިޓަލަށް ގެނައީ ބޭރަށް ހިންގާތީ އާއި ބޮޑުކަމުދާއިރު ކަޅު ކުލައެއް ހުންނާތީ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އޭނާގެ މައްޗަށް ސާބިތުވި ކުށަކީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ. އެ ދައުވާ އުފުލީ ޗާންދަނީމަގުން ދިޔަ ފުލުހަކާ މެދު މާރާމާރީ ހިންގާފައިވާތީއެވެ. އޭނާ ތަންފީޒު ކުރަމުންދިޔައީ ފަސް އަހަރުގެ ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް