އެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ލޯންޗުކޮށްފި

އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ...

15 Dec 2025 | 05:42
N/A

N/A

އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން

އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު

ބާއްވާފައިވަނީ ރޭ

ފަރުކޮޅު ފުށީގައި ބޭއްވި

"ސޭފާ ހުޅުމާލެ"ގަ އެވެ. ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ

އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް އިފްތިތާހު ކުރެއްވީ އެޗްޑީސީގެ

މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި

ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސްގެ ޔުނީފޯރމާއި އަދި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުގައި

އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފް

ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ

މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމެވެ.

މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ

ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފްކުރުމުގެ

ސަބަބުން ސެކިއުރިޓީ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު

މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ

ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް

ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާއި މީގެ

އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ސާރވިސަސް ގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި

ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ

ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނޭ ކަމަށާއި ހަމަ އެހެންމެ މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު

މުހިންމު ފިޔަވަޅެއް

ކަމުގައި އެޗްޑީސީއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި އެޗްޑީސީން މަސައްކުރަނީ ހުޅުމާލޭގައި

ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު

ހޯދައިދިނުމަށެވެ. އަދި އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ

ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް