ހަނިމާދޫން އިތުރު ހަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ހަނިމާދޫން ނެގި ކޯވިޑް-19 ސާމްޕަލްތަކުގެ ތަފުސީލު ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުން 14 ވަނަ ދުވަހު 50 ސާމްޕަލް ނެގިއެވެ. އެއީ ރެންޑަމް 27އާއި، ޑައި...

15 Dec 2021 | 18:55

ހދ. ހަނިމާދޫން ނެގި ކޯވިޑް-19 ސާމްޕަލްތަކުގެ ތަފުސީލު ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުން 14 ވަނަ ދުވަހު 50 ސާމްޕަލް ނެގިއެވެ. އެއީ ރެންޑަމް 27އާއި، ޑައިރެކްޓް ކޮންޓެކްޓް 15 އާއި، ޑިޕާރޗަރ 5 އަދި ފްލޫ 3 ސާމްޕަލެވެ. އޭގެތެރެއިން ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓް ގޮތުން ނެގުނު ސާމްޕަލްގެ ތެރެއިން 6 ސާމްޕަލެވެ.

މިމަހުގެ 6 ވަނަ ދުވަހު ހަނިމާދޫން ކޮވިޑް 19ގެ ކޭހެއް ފެނުން ފަހުން ސާމްޕަލް ތަކުގެ ތަފްސީލް ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. ފާއިތުވި 3 ދުވަހު ހަނިމާދޫގައި ރެންޑަމް ސާމްޕަލް ނަގާފައިވެއެވެ. ނަމަވެސް ނެގުނީ ކިހާ ރެންޑަމް ސާމްޕަލެކަން އެގެންނެތީ މީގެ ކުރިން ތަފްސީލް ހާމަކޮށްފައި ނުވާތީއެވެ.

ކޮވިޑް ގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުން މިރޭވެސް 19:30 އިން 20:30 އަށް ހަނިމާދޫ ސިއްހީމަރުކަޒު ރަސްމީ ގޭޓް ކުރިމަތީގައި ކުރިއަށް ގެންދަން ވަނީ އެ މަރުކަޒުން ރާވާފައެވެ.

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 56 ފަރާތެއް އެބަތިއްބެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް