ވޯކް ޕާމިޓްގައި ރާއްޖެ އަންނަ ފަރާތްތަކުން ކަރަންޓީނު ކުރުމުގެ އުސޫލަށް ބަދަލު ގެނެސްފި

ދެކުުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ވާކް ޕާމިޓް ހޯލަޑަރުން ރާއްޖެ އައިސް ކަރަންޓީނު ކުރުމުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅިފައިވާ އުސޫލަށް ބަދަލު ގެނެސްފ...

15 Dec 2021 | 16:52

ދެކުުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ވާކް ޕާމިޓް ހޯލަޑަރުން ރާއްޖެ އައިސް ކަރަންޓީނު ކުރުމުގެ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައެޅިފައިވާ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ، ޖޫން 29 ގައި އެންގި އެންގުން އުވާލާފައިވާ ކަމަށާ މި ނިންމުމާއި ގުޅިގެން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުވާ ރާއްޖެއަށް އެތެރެވާ ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު އެޗްޕީއޭ އިން ކަނޑައަޅާ ފެސިލިޓީއެއް ގައި ކަރަންޓީނު ވުމަށް ކަނޑައަޅާފައިވާ ނިންމުން ބާތިލް ކޮށްފައިވާ ކަމުގައެވެ.

އެގޮތުން އެޗްޕީއޭ އިން ކަރަންޓީން ފެސިލިޓީ ހަމަޖައްސައި ދިނުމުގެ ބަދަލުގައި އެ މީހަކު ރާއްޖެއަށް ގެންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވާން ޖެހޭނެ ކަމުގައި ވިދާޅުވެފައިި ވެއެެވެ.

މީގެ އިތުރުން މި ގޮތަށް އެތެރެވާ މީހުން ކަރަންޓީނުވާ ތަނުގެ މައުލޫމާތު އެޗްޕީއޭ އާއި އެއް ދުވަސް ކުރީން ހިއްސާކުރަންވެސް ޖެހޭނެއެވެ. އަދި

ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓްކޮށް އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމުގައި އެޗްޕީއޭ އިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް