ނަރީޝްގެ މައްޗަށް ދަރަންޏެއް ސާބިތުވެ، 30 ދުވަސްތެރޭ ދައްކަން އަންގައިފި

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ މައްޗަށް 98،000 އަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެއް ސާބިތުވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. މި ދަރަނި އޭނާ މައްޗަށް ސާބިތުވާ ކަނޑައެޅީ ...

15 Dec 2021 | 15:43

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ މައްޗަށް 98،000 އަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެއް ސާބިތުވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ދަރަނި އޭނާ މައްޗަށް ސާބިތުވާ ކަނޑައެޅީ އަބްދުއްރަހްމާން އިދުރީސް ކިޔާ މީހެއްގެ އަތުން ނަރީޝް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނެގުމަށްފަހު އެތަނަށް ފައިސާ ނުދައްކައިގެން ކޮށްފައިވާ ދައުވާ އެކެވެ. މި ދައުވާއަށް ނަރީޝް ފުރަތަމަ އިންކާރު ކުރެއްވި އެވެ.

ނަރީޝް އާއި ދެކޮޅަށް އެމީހާ ދައުވާ އުފުލީ އެތަނުގެ ކުލިން ނުލިބި ހުރި ފައިސާ އާއި އަދި ކަރަންޓާއި ފެންބިލަށް ނުދައްކާ އޮތް 98،865 ރުފިޔާ ހޯދުމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އޭގެ ތެރެއިން މިއަހަރުގެ އޭޕްރިލް މަހު އެމީހާއަށް ނަރީޝް 35،000 ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި ދީފައިވާ28،000 ރުފިޔާ އަބްދުއްރަހްމާން އަތުގައި ހުރި ކަމަށެވެ.

އެހެން ކަމުން ބާކީ ނަރީޝް އެމީހާއަށް ދައްކަން ޖެހޭނީ 35،365 ރުފިޔާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. އެ ފައިސާ30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ހަލާސް ކުރުމަށް އަމުރުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް