ޔާމީން މާދަމާ ކ. އަތޮޅުގެ ދެ ރަށަކަށް ވަޑައިގެންނަވަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. މިއީ މަނީލޯންޑަރިންގެ މައްސަލައިގަ ކުރި ފަސް އަހަރުގެ ޖަލު ހުކުމުނ...

15 Dec 2021 | 15:05

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.

މިއީ މަނީލޯންޑަރިންގެ މައްސަލައިގަ ކުރި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެން ފަހުން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ހުކުމުން މިދިޔަ މަހުގެ30 ވަނަ ދުވަހު މިނިވަންވި ފަހުން ޔާމީން ގެންދަވަނީ އިދިކޮޅުގެ ބޮޑު ޖަލްސާތަކެއް ބާއްވައި ސަރުކާރަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވަމުންނެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާގައި ވިދާޅުވީ ޔާމީން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ތުލުސްދޫ އާއި ގުރައިދޫއަށް ކަމަށެވެ. ދަތުރުފުޅުގައި މާލެއިން ފުރާ ވަޑައިގެންނަވާ ވާގުތެއް ވިދާޅު ނުވާއިރު މާދަމާ ގުރައިދޫއަށް ވަޑައިގެންނެވުމަށް ފަހު ތުލުސްދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ.

މާދަމާ ރައީސް ޔާމީން ގުރައިދޫއަށް ވަޑައިގެންނެވުމުން އެ ރަށާއި ކައިރި ރަށްރަށުން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް އެ ރަށަށްދާ ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެމަނިކުފާނުގެ މި ދަތުރުގެ މަގްސަދަކީ"އިންޑިއާ އައުޓް" މި ކެމްޕެއިނަށް އާންމު ރައްޔިތުންގެ ތާއިދު ހޯދުމާއި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުން ކަމަށް ކޯލިޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް