ހއ. ދިއްދޫން ކޯވިޑްގައި މީހަކު މަރުވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ މިއަދު ހެނދުނު...

15 Dec 2021 | 14:50

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ އަކީ މިއަދު ހެނދުނު10:30 ހާއިރު ހއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށް މައުލޫމާތުދެ އެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި259 ވަނަ މީހާ އެވެ.

މިދިޔަ ދެ މަހަހާއި އަޅާ ބަލާއިރު ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ވަނީ މިމަހު އިތުރުވެފަ އެވެ. އެގޮތުން މިމަހު މިހާތަނަށް ފަހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވެ އެވެ.

ކޯވިޑްގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އިއްޔެގެ ނިޔަލަށް 93،370 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި91،118 މީހުން ކޯވިޑުން ރަނގަޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް