މި މަހުގެ 13 ވަނަ ދުވަހުން މިރޭގެ ނިޔަލަށް ކުރިއަށްދާ މެރިން އެކްސްޕޯގައި ހުޅުވާފައިވާ ސްޓޯލްތަކުން ވެސް އެންމެ ފާހަގަކޮށްލެވޭ ސްޓޯލަކީ އެމްޓީސީސީ ގެ ސްޓޯލެވެ. ނުވަތަ ސްޓޯލް ތަކެވެ.
އެތަނުގައި ތިބި އެ ކުންފުނީގެ މުވައްޒަފުންގެ ހިތްހެޔޮކަމާއި މެހްމާންދާރީގެ ސަބަބުން ނެވެ. އަދި އެ ކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ މައުލުމާތު ފަސޭހަކަމާއ ފަރިތަކަމާއެކު ކަސްޓަމަރުންނަށް ކިޔައިދޭތީ އެވެ.
ވަކިން ޚާއްސަކޮށް މި ސްޓޯލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުބޮޑު އިނާމު ލިބުމުގެ ފުރުސަތަކީ ކޮންމެހެން ވެސް އެ ސްޓޯލަށް ނުގޮސް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ.
މެރިން އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލްތަކަކީ ބީ 26 އާއި ބީ 27 އާއި ބީ 28 އާއި ބީ 29 އާއި ބީ 30 އެވެ.
މި އެކްސްޕޯގެ އެންމެފަހު ރެއަކީ މިރޭ ކަމަށްވާތީ، މިފަދަ ފުރުސަތެއް ކައިރި މުސްތަގުބަލެއްގައި ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ، މި ފުރުސަތުގެ ބޭނުން ކޮންމެހެން ވެސް މިރޭ ހިފައި، ނަސީބު ވަޒަން ކޮށްލުމަކީ ވަރަށް މުހިންމު ކަމެވެ.
އެ ކުންފުނިން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 2.5 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް، ހިލޭ ޑޮކިންގ އެންޑް ވޯޓަރ ބްލާސްޓިންގ ގެ ޚިިދުމަތް އަދި އެހެނިހެން ބޯޓުޔާޑު ޚިދުމަތްތަކުން 10 އިންސައްތަ ޑިސްކައުންޓް ހިމެނެ އެވެ.
މި ނަސީބުވެރިޔާ ހޮވާ، އިޢުލާންކުރުން އޮންނާނީ މެރިން އެކްސްޕޯގައި މިރެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރު 2:00ން ފެށިގެން ނެވެ.
https://twitter.com/MTCCPlc/status/1470269867550932996?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1470269867550932996%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthiladhun.com%2F80475
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް