ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ ފަހެއްގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ...

15 Dec 2021 | 10:33

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފެބްރުއަރީ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން ނިންމީ މިއަދު ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމުގައި ކަމަށެވެ.

ގާނޫނު ބުނާގޮތުން ދައުރުގެ މެދު ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ އެ ގޮނޑިއަކަށް 60 ދުވަސް ތެރޭގައި މީހަކު އިންތިހާބު ކުރަންވާނެ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އިއްޔެ ރޭގެ ވަގުތެއްގައި އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވާހަރަ ވުމުންނެވެ. ހުސައިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މެންބަރު ހުސައިން ވަހީދު އަވަހާރަވެފައި ވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އުމުރުފުޅުން 53 އަހަރުގައި ހުސެއިން އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް