އެއްވެސް ހަމައެއް ލަމައެއް ނެތި ކުނި އޮއްސާލަމުން ދިޔުމުގެ ނަތީޖާއަކަށްވީ އާންމު ނުރައްކަލަށް ވެގެން ދިއުން: މިނިސްޓަރ ޝައުނާ

މިވީހާ ދުވަސްވެގެންދިޔައީ ކުނި މެނޭޖް ނުކޮށް ކަމަށާއި އެއްވެސް ހަމައެއް ލަމައެއް ނެތި ކުނި އޮއްސާލަމުން ދިޔުމުގެ ނަތީޖާއަކަށްވީ އެތަން އާންމު ނުރައްކަލަށް ވެގެން ދިއުން ކަމަށް އެންވަޔަރަމެންޓް މިނިސްޓ...

15 Dec 2021 | 10:12

މިވީހާ ދުވަސްވެގެންދިޔައީ ކުނި މެނޭޖް ނުކޮށް ކަމަށާއި އެއްވެސް ހަމައެއް ލަމައެއް ނެތި ކުނި އޮއްސާލަމުން ދިޔުމުގެ ނަތީޖާއަކަށްވީ އެތަން އާންމު ނުރައްކަލަށް ވެގެން ދިއުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ތިލަފުށީގައި ދުން އެރުން ހުއްޓުވައި، ކުނި މެނޭޖް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއު ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

ތިލަފުށިން އަރާ ވިހަ ދުމުގެ އަސަރު މާލެއާއި މާލޭ ސަރަހައްދުގެ ހުރިހާ ރަށަކަށް ވެސް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ތިލަފުށީގެ ވެލިގަނޑުގެ ޓެސްޓުތައް ހަދާ ބެލިއިރު ކަންބޮޑުވާ އެތައް ކަމެއް ފާހަގަވެގެންދިޔަ ކަމަށެވެ.

އެގޮތުން މި ނުރައްކާ އޮތީ މާލެ ސަރަހައްދަށް ނޫން ކަމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖް ކުރާނެ މަރުކަޒުތަކެއް ނެތުމުގެ ސަބަބުން މިހާރު ކޮންމެ ރަށެއްގައި ވެސް ތިލަފުށީގެ މިސާލު ފެންނަން ފަށާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ތިލަފުށީ ގޮނޑު ހާމައަށް އެންދުމުގެ ސަބަބުން އެތަނުން ދުން އަރާތީ ދޭތެރެ ދޭތެރެއިން ތިލަފުށީ ކައިރި ވިލިނގިއްޔާއި މާލެއަށް ވެސް އޭގެ އުނދަގޫވާ ކަމުގެ މައްސަލަ ފެންމަތިވާ ކަމަށެވެ.

އެންވާރަމަންޓް މިނިސްޓްރީން ދަނީ އެތަން ރިހެބިލިޓޭޓްކޮށް އެތަނުން ދުން އެރުން ހުއްޓުވައި ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންކަން ވެސް މިނިސްޓަރ ޝައުނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް