ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ހެލްތާއި ފެނަކަ އެއްބަސްވެއްޖެ

މިނިސްޓްރީ އޮފް ހެލްތް އަދި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެދު “މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގް” އެއްގައި މިއަދު ސޮއިކޮށްފި އެވެ. މި އެމް.އޯ.ޔޫގެ މައިގަނޑު މަޤްސަދަކީ ސިއްޙީ ދާއިރާ ޑިޖިޓަލައިޒ...

15 Dec 2021 | 09:58

މިނިސްޓްރީ އޮފް ހެލްތް އަދި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެދު “މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގް” އެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެމް.އޯ.ޔޫގެ މައިގަނޑު މަޤްސަދަކީ ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމެވެ.

މި އެމް.އޯ.ޔޫގެ ސަބަބުން ފެނަކާގެ އައި.ޓީ ޓީމުން ސިއްޙީ ދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަ އޮޑިޓެއް ހެދިގެންދާނެ އެވެ. މިގޮތުން، ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެ އެވެ.

މި ފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ޚިދުމަތްދޭ ތަންތަނުން ދެމުންދާ ޚިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ފަސޭހައިން ޑޭޝްބޯރޑްސްފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މިނިސްޓްރީ އޮފް ހެލްތަށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމްކުރުމަށް މަގު ފަހިވެގެން ދާނެއެވެ.

މި މަސައްކަތުގެ މި މިނިސްޓްރީގެ އެއް އަމާޒު ކަމަށްވާ ސިއްހީ ދާއިރާގައި ބޭނުންކުރަމުންދާ އެކި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތު އިންފޮރމޭޝަން ސިސްޓަމާ ސިސްޓަމާއި ގުޅާލުމަށް މަގު ފަހިވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް