އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ރާއްޖެއިން ފެނިއްޖެ

އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ރާއްޖެއިން ފެނިއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މި ހަތަރު ކޭސް ވެސް ފެނިފައިވަނީ ރ...

15 Dec 2021 | 09:41

އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ރާއްޖެއިން ފެނިއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މި ހަތަރު ކޭސް ވެސް ފެނިފައިވަނީ ރާއްޖެ އައި ފަތުރުވެރިންގެ ގައިން ނެގި ސާމްޕަލްތަކުން ކަމަށެވެ.

އެންމެ ފުރަތަމަ ފެނުނު އޮމިކްރޮންގެ ކޭހާއި މި ހަތަރު ކޭހަކީ އެއްވެސް ގުޅުމެއް ނެތް ކޭސްތަކެއް ކަމަށާއި މި ކޭސްތަކުގެ ރިސްކް އެސެސްމެންޓުތައް ހަދަމުން ގެންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޮމިކްރޮން އާ މެދު ވަކި ޚާއްސަ ފިޔަވަޅެއް ނެތްކަން ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ މި ވޭރިއެންޓަކީ ގައިން ގައަށް ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއެންޓެއް ކަމަށްވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުން ވަރަށް މުހިންމުކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް