ހެއިޓީގައި ތެޔޮ ޓްރަކެއް ގޮވައި 50 މީހުން މަރުވެއްޖެ

ހެއިޓީގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކެޕް-ހެއިޓަންގައި ތެޔޮ ޓްރަކެއް ގޮވައި 50 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ. ތެޔޮ ޓްރަގް ގޮވީ އާންމުން ދިރި...

15 Dec 2021 | 08:48

ހެއިޓީގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކެޕް-ހެއިޓަންގައި ތެޔޮ ޓްރަކެއް ގޮވައި 50 މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ. ތެޔޮ ޓްރަގް ގޮވީ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ކަމަށްވާތީ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

ޓްރަގް ގޮވުމުން އެ މަގުގައި ހުރި ފިހާރަތަކާއި އާންމުންގެ ގެތަކުގެ ބައެއް ތަންތަންވެސް ހަލާކުވެފައިވެ އެވެ. މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމެއް ނުވަތަ މީހެއްގެ އިހުމާލައި ނުލައި ހިނގި ކަމެއް ކަމެއް އަދި ނޭނގެ އެވެ.

މިދިޔަ ޖުލައި މަހު އެ ގައުމުގެ އޭރުގެ ރައީސް ޖޮވެނަލް މޮއިސްއަށް ބަޑިން ހަމަލާދީ މަރާލި ފަހުން ހެއިޓީގައި ގޭންގުތަކުގައި ބާރު ދަނީ ވަރަށް ގަދަވަމުންނެވެ. އަދި މިދިޔަ ފަސް ވަރަކަށް މަސް ތެރޭގައި މިގޮަތަށް ތެޔޮ ބަރުކޮށްގެންދާ ޓްރަކްތައް ގޮއްވާލުމުގެ އަމަލު ހިންގާފައިވެ އެވެ.

ހެއިޓީ ބޮޑުވަޒީރު އެރިއަލް ހެންޑްރީ ވަނީ ތެޔޮ ޓްރަކް ގޮވި ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ހިތާމައިގެ ތިން ދުވަސް އިއުލާނު ކުރައްވާފަ އެވެ.

ހެއިޓީގެ ކުރީގެ ރައީސް މޮއިސް މަރާލާފައިވަނީވެސް ގޭންގަކުންނެވެ. އެ އެންމެން މިހާރު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ އެ ގައުމުގެ ރައްޔިތުންނެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް