ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.08 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފި އެވެ.
މިއީ ބަންގްލަދޭޝް ބޭންކުގެ ތާރީހުގައި ވެސް އެ ބޭންކުން ލޯނު ދޭން ނިންމި ދެވަނަ ޤައުމެވެ
ބަންގްލަދޭޝްގެ ވިޔަފާރި ޚަބަރު ތައް ގެނެސްދޭ ނޫހެއްގައި ބުނެފައިވާ ގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ އާއި ބަންގްލަދޭޝްގެ ބޭންކްގެ އިސްވެރިން ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ފަހު ރާއްޖެއަށް ލޯން ދޭން ނިންމާފައިވާ ކަމުގައެވެ.
އަދި އެ ބޭންކުން ލޯނު ދޭނެ ކަމުގެ ޔަޤީން ކަން ދީފައިވާ ކަމުގައި ބުނެފައި ވެއެވެ.
ރާއްޖޭން ލޯނުގެ އެހީއަކަށް އެދިފައިވާ ކަމަށް މި މަހުގެ ކުރީކޮޅު 3 ދުވަހުގެ މުއްދަތަކަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދިޔަ ބިޑްސް ކޮންފަރެންސް އޮން ޑެވެލޮޕްމެންޓް ގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ބޭންކްގެ ގަވަރުނަރު ފަޒްލީ ކަބީރު ހާމަކޮށްފައި ވެއެވެ.
ރާއްޖެއަށް ދޭ ލޯނުގެ އެއްބަސްވުން އަދި ފައިނަލް ނުވާތީ އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި ދައްކަން ޖެހޭ މުއްދަތާއި ލޯނު ދެނީ ކޮންބޭނުމެއްގައި ކަން އަދި ހާމައެއް ނުކުރެ އެވެ.
އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރުވެސް ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގެ މާލީ އިދާރާތައް މެދުވެރިކޮށް ބޮޑެތި ލޯނު ތަކެއް ނަގާފައެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ގިނަ ލޯނުތަކެއް ނަގާފައި ވަނީ ޗައިނާ އިންނެވެ. އަދި ރައީސް ޞާލިހްގެ ސަރުކާރުގައި އެންމެ ގިނަ ލޯނުތަކެއް ނަގަމުން އަންނަނީ އަވަށްޓެރި އިންޑިއާ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް