އެމެރިކާއަށް އަންނަ މަހު އޮމިކްރޯމް ރާޅެއް އަރައި، ޑެލްޓާގެ ބިރުވެރިކަން ބޮޑުވާނެ ކަމުގެ އިންޒާރު

ކޯވިޑް-19 ގެ އާ ވޭރިއަންޓު ކަމަށްވާ އޮމިކްރޯންގެ ރާޅެއް އަންނަ މަހު އެމެރިކާއަށް އަރާފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ދީފި އެވެ. އޮމިކްރޯން ވޭރިއަންޓު ކަނޑައަޅާފައިިވަނީ ހަލުވި ކ...

15 Dec 2021 | 06:59

ކޯވިޑް-19 ގެ އާ ވޭރިއަންޓު ކަމަށްވާ އޮމިކްރޯންގެ ރާޅެއް އަންނަ މަހު އެމެރިކާއަށް އަރާފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސިއްހީ ތަޖުރިބާކާރުން ދީފި އެވެ.

އޮމިކްރޯން ވޭރިއަންޓު ކަނޑައަޅާފައިިވަނީ ހަލުވި ކަމާއި އެކު ފެތުރުނަސް ނުރައްކާ ކުޑަ ވޭރިއަންޓެއްގެ ގޮތުގައި އެވެ. މި ވޭރިއަންޓު އެންމެ ފުރަތަމަ ފެނިފައިވަނީ ސައުތް އެފްރިކާއިންނެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ހޯދުން ތަކުން އެނގިފައިވާ ގޮތުގައި ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓު މިދިޔަ ހަފްތާ އާއި އަޅާބަލާއިރު އެ ގައުމުގައި ވަނީ ހަތް ގުނަ އިތުރަށް ފެތުރިފަ އެވެ. ސީޑީސީން ބުނެފައިވަނީ މިހާރު ފެތުރެމުންދާ ހަލުވި މިނުގައި އެމެރިކާގައި ކޯވިޑް ފެތުރޭނަމަ އޮމިކްރޯން ވޭރިއަންޓު ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލުން ނެއްޓި ރާޅެއް އަރާނެ ކަމަށެވެ.

މިގޮތަށް އިންޒާރު ދީފައި މިވަނީ އެމެރިކާ ސަރުކާރާއި ސިއްހީ މާހިރުންގެ ޓީމެއް ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހު އޮމިކްރޯން އާއި ގުޅިގެން އިތުރު ވަރުގަދަ ފިޔަވަޅުތަކެއް ނޭޅުމަށް ނިންމާފައި ވަނިކޮށެވެ. އަދި ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހުމުން ފުދޭނެ ކަމަށް ބުނެފައިވެ އެވެ.

ސީޑީސީގެ އިންޒާރާއި އެކު ސަރުކާރުން އަލުން މަޝްވަރާ ފަށާނެ ކަމަށް ބެލެވެ އެވެ. އެއީ އޮމިކްރޯންގެ ރަޅެއް އެރުމުގެ އިތުރުން އެންމެ ނުރައްކާތި ކޯވިޑް ޑެލްޓާ ވޭރިއަންޓަށް ޕޮސިޓިވްވާ މީހުންވެސް އެމެރިކާގައި އިތުރުވަމުންދާ ކަމުގެ އިންޒާރު ދީފައިވާތީ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މީގެ ކުރިން ވިދާޅުވެފައިވަނީ އޮމްކްރޯން ވޭރިއަންޓަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވާ ކަމަށެވެ. އަދި އެ ވޭރިއަންޓުގެ ބިރަށް ލޮކްޑައުންކޮށް ބޯޑަރު ބަންދު ނުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް