ޖޯން އަބްރަހަމްގެ އިންސްޓަގްރާމަށް ވެގެން އުޅޭގޮތެއް ނޭނގިގެން އެންމެން ހާސްވެފައި!

ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމްގެ ރަސްމީ އިންސްޓަގްރާމް ޕޭޖަށް މާ ވަރުގަދަ ބަދަލެއް ގެނެސްގެން އެންމެން ހާސްވެގެން އުޅެން ފަށައިފި އެވެ. އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޖޯންގެ އިންސްޓަގްރާމަ...

15 Dec 2021 | 05:32

ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމްގެ ރަސްމީ އިންސްޓަގްރާމް ޕޭޖަށް މާ ވަރުގަދަ ބަދަލެއް ގެނެސްގެން އެންމެން ހާސްވެގެން އުޅެން ފަށައިފި އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޖޯންގެ އިންސްޓަގްރާމަށް ގެނައި ބަދަލާއިރު އެންމެންނަށް ވަނީ އޭނާ ބުނެދޭން އުޅޭ އެއްޗެސް ނޭނގޭތީ ސުވާލު އުފެދިފައިވާ ކަމަށެވެ. ޖޯންގެ އިންސްޓަގްރާމް ޕޭޖު 9.7 މިލިއަން މީހުން ފޮލޯކުރެ އެވެ.

ޖޯން، އެންމެން ހައިރާން ކަމެއްގެ ތެރެއަށް ވައްޓާލީ ކޮށްފައިވާ ހުރިހާ ޕޯސްޓުތަކެއް ޑިލީޓް ކޮށްލައިގެންނެވެ. ޕްރޮފައިލް ފޮޓޯވެސް ޑިލީޓް ކޮށްލާފައިވާއިރު އޭނާގެ އެކައުންޓު ޑިއެކްޓިވޭޓް ކުރުން ފަދަ ކަމެއް ކޮށްފައެއް ނުވެ އެވެ.

ޖޯން ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ނުރަނގަޅު އަސަރު ކުރާ ކަމަށްބުނެ ވަރަށް ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ދިރިއުޅުމާއި އަނބިމީއާ އާއި ދަރިންގެ ވާހަކަ އާއި މައުލޫމާތުތަކަކީ އޭނާ ވަރަށް ސިއްރު ކުރާ ވާހަކަތަކެކެވެ. ޖޯންގެ ދިރިއުޅުމާއި ގުޅޭގޮތުން ކުރާ އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދޭނެ އެވެ.

އޭނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ މަހު ރިލީޒް ކުރި ފިލްމު “ސަތިއަމޭވް ޖަޔަތޭ 2” އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް