ޕްރިމިއާ ލީގު: ނޯވިޗް ސިޓީ ބަލިކޮށް ތާވަލްގެ ނުވަވަނަ އަށް އެސްޓަންވިލާ ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ނޯވިޗް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޕޮއިންޓް ތާވަލްގެ ނުވަވަނައަށް އެސްޓަން ވިލާއިން ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު އެސް...

15 Dec 2021 | 04:24

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ނޯވިޗް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ޕޮއިންޓް ތާވަލްގެ ނުވަވަނައަށް އެސްޓަން ވިލާއިން ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު އެސްޓަން ވިލާއިން ކާމިޔާބު ކުރީ ނޯވިޗް ސިޓީއާއި ދެކޮޅަށް ކުޅެ 0-2 ގެ ނަތީޖާއިންނެވެ.

އެސްޓަން ވިލާއިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނަގާފައިވަނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. އޮލީ ވެޓްކިންސް ދިން ބޯޅައަކުން މި ލަނޑު އެސްޓަން ވިލާއަށް ކާމިޔާބު ކޮށްދިނީ އުމުރުން އެންމެ 20 އަހަރުގެ މިޑްފީލްޑަރ ޖެކޮބް ރަމްސޭއެވެ. މިއީ އޭނާ ސީނިއަރ ކެރިއަރ ފެށި ފަހުން ޕްރިމިއާ ލީގުގައި ކާމިޔާބު ކުރި ދެވަނަ ލަނޑެވެ.

އެސްޓަން ވިލާއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ ފަހު ހާފުގެ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އެސްޓަން ވިލާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހަން އެހީތެރިވެދިން އުމުރުން 25 އަހަރުގެ ފޯވާޑް އޮލީ ވެޓްކިންސްއެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި އެސްޓަން ވިލާއަށް ކާމިޔާބު ކޮށްދިން ފަސް ވަނަ ލަނޑެވެ.

ރޭގެ މި މޮޅާއި އެކު އެސްޓަން ވިލާއިން ތާވަލުގެ ނުވަވަނައަށް ޖެހިލިއިރު، އެޓީމު ނުވަނާގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 22 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް