ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރް ޚާން ބޭނުންވަނީ ޖެކޮލިން ފެނާންޑޭސްގެ ހަށިގަނޑު ކަމުގައި ބުނެފިއެވެ.
ކަރީނާ (ބެބޫ) މިހެން ބުނެފައިވަނީ މީގެ އެއް ދުވަސް ކުރިން އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯއަކާ ގުޅިގެންނެވެ. ކަރީނާ އޭނާގެ ބަނޑުބޮޑުކަން ފެންނާނެހެން ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެން ހުރެ ނަގާފައިވާ ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން އޭނާގެ ފޭނުންނަކަށް މަޑަކުން ނުތިބެވުނެވެ.
ކަރީނާ އޭނާގެ ފޭނުންނަށް ދޫކޮށްލާފައިވާ ފޮޓޯ
ގިނަ ބަޔަކު ކަރީނާއަށް ތަހުނިޔާކިޔައި އަދި އެމީހުންގެ ސްޓޯރީގައި ވަނީ މި ފޮޓޯ ޝެއާކޮށް ހަދާފައެވެ. ކަރީނާގެ އެހެން ފޭނުންނެކޭ އެއްގޮތަށް ޖެކޮލިން އަށްވެސް މި ފޮޓޯ ފެނުމުން ކޮމެންޓެއް ނުކޮށެއް ނުހުރެވުނެވެ.
އެހެންކަމުން ޖެކޮލިންވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެ ފޮޓޯ ޝެއާކޮށް "އިންސްޕަޔަރިންގް" މިހެން ވަނީ ލިޔެފައެވެ. އަދި މިއަށް ރައްދުދީ ކަރީނާ ބުނެފައިވަނީ " ބަޓް އައި ވޯންޓް ޔުއާ ބޮޑް ޖެކް" މިހެންނެވެ.
ޖެކުއަލައިންގެ ލޫޅާފަތި ހަށިގަނޑު ކަރީނާއަށް މާ ބޮޑަށްވެސް މިވަނީ މިފަހަރު ކަމުގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް