ނިޕޯން ކުލަ ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް އެސްޓީއޯއިން ފަށައިފި

އެސްޓީއޯއިން ވިއްކާ ނިޕޯން ކުލަ ގަތުމުން ކުލަލައިދިނުމުގެ ޚިދުމަތް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފަށައިފިއެވެ. މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެ...

15 Dec 2019 | 13:52

އެސްޓީއޯއިން ވިއްކާ ނިޕޯން ކުލަ ގަތުމުން ކުލަލައިދިނުމުގެ ޚިދުމަތް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފަށައިފިއެވެ.

މަގުބޫލު ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގައި ވިއްކަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަރ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް މރ. ހެންރީ އަންގ އެވެ.

ކުލަ ލުމުގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ކުލަލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ،ފިޔަވަތީގައެވެ.

ފިޔަވައްޗަށް ބޭނުންވާ ކުލަ ދިނުމުގެ އިތުރުން ކުލަލައިދެނީވެސް އެސްޓީއޯއިންނެވެ.

އެސްޓީއޯއިން ނިޕޯން ޕެއިންޓް ގަތުމުން ކުލަ ލައިދިނުމުގެ ޚިދުމަތް ފަށާފައިވާއިރު އެ ޚިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލަރ ސްކީމް" އިޚްތިޔާރު ކުރުމުގައި ލަފާދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިންގ ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނެއެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ލަފަޔާ އެއްގޮތަށް ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް