ބައިނަލްއަގްވާމީ ގޮތުން އެކި ކަންކަމާ ގުޅޭ އެކި ދުވަސްތައް ފާހަގަކުރަމުން އަންނައިރު މިއަދަކީ ބައިނަލްއަގްވާމީ ސައިގެ ދުވަހެވެ. ރަހުމަތްތެރިންނާއެކު ނުވަތަ އާއިލާގެ މެމްބަރުންނާއެކު ސައިތައްޓެއް ބޯލަން މިއަދަކީ ވަރަށް ހާއްސަ ދުވަހަށް ހެދިދާނެއެވެ.
ބައިނަލްއަގްވާމީ ސައިގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ މީގެ 10 އަހަރު ކުރިން 2005 ގައެވެ. އެގޮތުން އިންޑިއާ، ސްރީ ލަންކާ، ނޭޕާލް، ވިއެޓްނާމް، އިންޑޮނޭޝިޔާ، ބަންގްލަދޭޝް، ކެންޔާ، މަލާވީ، މެލޭޝިޔާ، ޔުގާންޑ އަދި ތަންޒާނިޔާގައި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ސައިގެ ދުވަސް ކަމުގައި އަންނަނީ ފާހަގަކުރަމުންނެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ރާއްޖޭގައި މި ދުވަސް ފާހަގަކުރާކަށް އަދި ނުފަށައެވެ.
ބައިނަލްއަގްވާމީ ސައިގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ދިވެހިންގެ މެދުގައި މަގްބޫލު ސައިފަތް ބްރޭންޑެއް ކަމުގައިވާ ޓުޑޭސް ޓޭސްޓްގެ ތަފާތު ޕްރޮމޯޝަނެއް މިހާރުވެސް އެބަ ކުރިއަށްގެންދެއެވެ.
މި މަހުގެ އެކަކުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 އާއި ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޓުޑޭސް ޓޭސްޓް ސައިފަތުގެ 200 ގްރާމް ޕެކެއް ބައްލަވައިގަތުމުން އެއާއެކު މަންޗީ މިލްކް 85 ގްރާމްގެ ބިސްކޯދު ޕެކެޓެއް ހިލޭ ލިބިގެންދާނެއެވެ. މިއީ ސައިތައްޓެއް ބޯލުމުގައި އެއްދޮނުގައި ދެބުޅި ޖަހާލެވޭފަދަ ޕްރޮމޯޝަނެކެވެ.
ޕިރަމިޑުން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ޓުޑޭސް ޓޭސްޓް ސައިފަތަކީ ދުނިޔޭގެ އެންމެ ގިނައިން ސައިފަތް ބޭރު ކުރާ ސްރީލަންކާގެ ޓީބޯޑް އިން ދޭ ލަޔަން ލޯގޯ ދީފައިވާ ބްރޭންޑެވެ. އަދި އެ ލޯގޯ ދެނީ އެ ޤައުމުގެ ޓީ ބޯޑުން ބަލައި 100 ޕަސެންޓް ޕިއޯ ސައިފަތަށް އެކަންޏެވެ.
ޓުޑޭސް ޓޭސްޓް ސައިފަތާއެކު މި ޕްރޮމޯޝަންގައި ހިލޭ ލިބިގެންދާ މަންޗީ މިލްކް ބިސްކޯދަކީވެސް ދިވެހިންގެ މެދުގައި މަގްބޫލު، އަނގަޔަށް މީރު އަދި ސަޔާއެކު އިންސާފުކޮށްލަން ވަރަށް ކަމުދާނެ ބިސްކޯދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް