ފިޖީގެ ފިޝަރީޒް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވައިފި

ފިޖީގެ ފިޝަރީޒް މިނިސްޓަރު ސެމީ ކޮރޮއިލަވެސައު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ. ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި އޭނާގެ މި ދަތުރުފުޅަކީ 34 ވަނަ އިންފޯފިޝް ގަވަރނިންގ ކ...

15 Dec 2019 | 07:09

ފިޖީގެ ފިޝަރީޒް މިނިސްޓަރު ސެމީ ކޮރޮއިލަވެސައު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި އޭނާގެ މި ދަތުރުފުޅަކީ 34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. 2019 ވަނަ އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގައި 13 މެމްބަރު ޤައުމު އެކުލެވެއެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް