ސިޔާސީ ގޮތުން ފެންހެޔޮ އޮއްޓަރު ހުރި ބޭފުޅަކު އެމްޑީޕީގެ ލީޑަރޝިޕަށް ގެންނަންޖެހޭ: މެމްބަރު ޝިފާއު

ސިޔާސީ ގޮތުން ފެންހެޔޮ އޮއްޓަރު ހުރި ބޭފުޅަކު އެމްޑީޕީގެ ލީޑަރޝިޕަށް ގެންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެގޮތުން އަސްލަމްއަކީ އެކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށްވެސް އިހަވަންދޫ ދާއިރާގެ މެމ...

15 Nov 2019 | 17:47

ސިޔާސީ ގޮތުން ފެންހެޔޮ އޮއްޓަރު ހުރި ބޭފުޅަކު އެމްޑީޕީގެ ލީޑަރޝިޕަށް ގެންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެގޮތުން އަސްލަމްއަކީ އެކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށްވެސް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ އެމްޑީޕީގެ ލީޑަރޝީޕް 2019ގެ އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްްއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޅ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

ޝިފާއު ވިދާޅުވީ ހަމަ ޔަޤީނުންވެސް ދެ ރައީސުންގެ ވެސް ތާއީދު އޮތީ އަސްލަމްއަށް ކަމަށާާއި އެގޮތުން ރައީސް ނަޝީދު ކޮންމެ ފަހަރަކުވެސް އެމަނިކުފާނުގެ ކޮންމެ ކަމެއްގައިވެސް އިޙްތިޔާރު ކުރެއްވީ މުހައްމަދު އަސްލަމް ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ދަންނަވާލަން ދެ ރައީސުންގެ ތާއީދުވެސް އޮތީ އަސްލަމްއަށް، އަސްލަމް ފޯނު ނަންގަވާނެ، އަބަދުވެސް ބައްދަލުވާނެ، އެމްޑީޕީގެ ތާރީހަށް ބަލާލިޔަސް އަސްލަމް އަބަދުވެސް ދެ ރައީސުންގެ އެންމެ އަރިހުން ފެންނާނެ" ޝިފާއު ވިދާޅުވިއެވެ.

އަދި ނޮވެމްބަރ 22 ވަނަ ދުވަހު މިބާއްވާ އިންތިޚާބަކީ އެމްޑީޕީއަށް ވަރަށް މުހިއްމު އިންތިޚާބަކަށްވާއިރު ހުރިހާ މެމްބަރުންވެސް ވޯޓް ލެއްވުމަށް ނިކުމެވަޑައިގަތުމަށް ޝިފާއު އިލްތިމާސް ކުރެއްވިއެވެ.

އެގޮތުން ކުރިމަތިވި ކޮންމެ އަނދަވަޅަކުންވެސް ރާއްޖެ ސަލާމަތްކޮށްފައިވަނީ އެމްޑީޕީގެ ހިތްވަރު ގަދަ މެމްބަރުން ނިކުމެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް