މިއަދު ކަނޑުވެ މަރުވި ޒުވާނާ މޫދަށް ފުންމާލީ ސަކަރާތް ޖެހުމުގެތެރޭގައި މަޖަލަކަށް ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ މިއަދު ގުޅިފަޅު ބައްތި ކައިރިން 10 މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއަކުން 33 އަހަރުގެ ދިވެހި ފިރިހެނަކު މޫދަށް ފުންމާލާފައިވަނީ ދަތުރު މަތީގައި ސަކަރާތް ޖެހުމުގެ ތެރެއިން، މަޖަލަކަށް ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
"މި ހާދިސާގައި އޭނާ ވަނީ ނިޔާވެފައި، ކަން ހިނގާދިޔަ ގޮތް ބެލުމަށް ފުލުހުންގެ ތަހުގީގު ދަނީ ކުރިއަށް" އިޒްމިއާ ވިދާޅުވިއެވެ.
މަރުވެފައިވަނީ އުމުރުން 33އަހަރުގެ ގ. މާލޭހިޔާ 02-13-01 އަހްމަދު އަނީސެވެ. ކޯސްޓްގާޑު ޑައިވަރުންގެ މަސައްކަތުން އޭނާ ނަގާފައިވަނީ 44 މީޓަރު އަޑިންނެވެ.
އެމްއެންޑީއެފުން މިއަދު ބުނެފައިވާގޮތުގައި އެ ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ 3:16 ހާއިރުގައެވެ. އޭނާގެ ހަށިގަނޑު ކަނޑު އަޑިން ނަގާފައިވަނީ ހަވީރު 4:10ގައެވެ.
[contentcards url="https://dhuvas.mv/97537" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް