ވިސާ ނެގުމަކާނުލައި ދިވެހިންނަށް މޮރޮކޯއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުމުގައި ރާއްޖެއާއި މޮރޮކޯއިން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުން ވެފައިމިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. މޮރޮކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ނަސީރު ބޮރީޓާއާއެވެ.
މި އެއްބަސް ވުމާއެކު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލާ މޮރޮކޯއަށް ދަތުކުރެވޭނެ ކަމަށާއި މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މި އެއްބަސްވުމާއެކު ދިވެހިންނަށް މޮރޮކޯއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް