ބިން ބޮޑެތި ރަށްރަށުގައި އެމްޑީޕީގެ އަމިއްލަ ސެކްރެޓޭރިއޭޓްތައް ޤާއިމްކުރާނަން: އަސްލަމް

ބިން ބޮޑެތި ރަށްރަށުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ އަމިއްލަ ސެކްރެޓޭރިއޭޓްތައް ޤާއިމްކުރާނެ ކަމަށް އެމްޑީޕީގެ ލީޑަރޝިޕް 2019ގެ އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރަ...

15 Nov 2019 | 15:22

ބިން ބޮޑެތި ރަށްރަށުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ އަމިއްލަ ސެކްރެޓޭރިއޭޓްތައް ޤާއިމްކުރާނެ ކަމަށް އެމްޑީޕީގެ ލީޑަރޝިޕް 2019ގެ އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ މުހަައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ މިހާރު ޅ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެއަތޮޅު ކުރެންދޫ، ނައިފަރު އަދި ހިންނަވަރުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ މިހާރު އެމްޑީޕީގެ އޮފީސްތަކާއި ޖަގަހަތައް ހިންގަމުންދަނީ ޕާޓީގެ މެމްބަރުންގެ އަމިއްލަ ހަރަދުން ކަމަށާއި އެހެންނަމަވެސް އެކަމަށް ހައްލެއް ބޭނުންވާ ކަމަށެވެ.

އެގޮތުން ތިލަފަތަށް ސިޔާސަތުގެ ދަށުން ވެފައިވާ އެއް ވަައުދުގެ ތެރެއިން އަތޮޅު / ސިޓީ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުން ހިމެނޭއިރު ބިން ބޮޑެތި ރަށްރަށުގައި ޕާޓީގެ އަމިއްލަ އޮފީސްތައް ހުންނަންޖެހޭނެ ކަމަށް ޤަބޫލުކުރާ ކަަމަށެވެ.

އަދި މިސިޔާސަތުގެ ދަށުން ގޮފިތައް ޤާއިމްވެގެން ދިއުމުން ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ތިން ރަށުންވެސް އަސްލަމްއަށް ބޮޑު ތަރުހީބެއް އޮތް އިރު ކޮންމެ ރަކަށަށްވެސް ވަޑައިގެންް އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދޮރުން ދޮރަށްވެސް ހިންގާ ރައްޔިތުންގެ ޝުއޫރުތައް ގާތުން އަޑުއައްސަވާފައިވެއެވެ.

https://twitter.com/AliSajidMDP/status/1195319425072680960

އަސްލަމް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ހއ، ހދ، ށ، ނ، ރ އަދި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ކޮންމެ ރަށެއްގެވެސް އެމްޑީޕީގެ މެމްބަރުންނާއި އަދި ރަށުގެ ރައްޔިތުންނާއި ވަކިން ބައްދަލުކުުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރު އިން 18 ނޮވެމްބަރުގެ ނިޔަލަށެވެ.

'ތިލަފަތަށް ސިޔާސަތު'ގެ ދަށުން މައިގަނޑު ހަތަރު ކަމަކަށް އަސްލަމް ވައުވެވަޑައިގަންނަވައެވެ. އެގޮތުން އަތޮޅު / ސިޓީ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުން، އަހަރަކު އެއްފަހަރު ކޮންގްރެސްއެއް ބޭއްވުން، ފިޔަވަޅު އަޅާ ކޮމިޓީ ހިންގުން އަދި އާއްމު މެމްބަރުންނަށްބަދަލު ހޯދައި ދިނުން ހިމެނެއެވެ.

ލީޑަރޝިޕް 2019ގެ އިންތިހާބު އޮންނާނީ 22 ނޮވެމްބަރު 2019 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް