ކަނޑަށް ފުންމާލި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދަތުރުކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުންމާލި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާ...

15 Nov 2019 | 11:59

ދަތުރުކުރަމުންދިޔަ ޑިންގީއަކުން ކަނޑަށް ފުންމާލި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ޑިންގީއަކީ މާލެއިން ތިލަފުއްޓަށް 10 މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ކަމަށެވެ. އެމީހާ ފުންމާލީ ގުޅީފަޅު ބައްތިޔާ ދިމާލުން ކަމަށެވެ. އެކަމުގެ ހަބަރު ލިބުނީ 3:16 ހާއިރު ކަމަށެވެ.

މަރުވެފައިވަނީ  އުމުރުން 33އަހަރުގެ ގ. މާލޭހިޔާ 02-13-01 އަހްމަދު އަނީސެވެ.

ކޯސްޓްގާޑް ޑައިވަރުންނަށް ކަނޑުގެ 44 މީޓަރު އަޑިން އޭނާގެ ހަށިގަނޑު ފެނުނީ 4:10 ހާއިރު ކަމަށް ކޯސްޓްގާޑުން ބުނެއެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް