އެމްޑީޕީގެ ލީޑަރޝިޕް 2019ގެ އިންތިހާބުގައި އެޕާޓީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވާ މުހަައްމަދު އަސްލަމު، ގާފަރު އަދި ކާށިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މިދެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އަސްލަމް ވަނީ ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވާފައެވެ.
އަސްލަމް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ހއ، ހދ، ށ، ނ، ރ އަދި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ކޮންމެ ރަށެއްގެވެސް އެމްޑީޕީގެ މެމްބަރުންނާއި އަދި ރަށުގެ ރައްޔިތުންނާއި ވަކިން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރު އިން 18 ނޮވެމްބަރގެ ނިޔަލަށެވެ.
'ތިލަފަތަށް ސިޔާސަތު'ގެ ދަށުން އަސްލަމްގެ ކެމްޕެއިން ކުރިއަށްގެންވާއިރު އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަނީ ވަޑައިގަންނަވާފައެވެ.
އޭގެ އިތުރުން ކ.އަތޮޅުގެ ރަށްތަކަށްވެސް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށްފައިވެއެވެ.
'ތިލަފަތަށް ސިޔާސަތު'ގެ ދަށުން މައިގަނޑު ހަތަރު ކަމަކަށް އަސްލަމް ވައުވެވަޑައިގަންނަވައެވެ. އެގޮތުން އަތޮޅު / ސިޓީ ސެކްރެޓޭރިއޭޓުން ޤާއިމް ކުރުން، އަހަރަކު އެއްފަހަރު ކޮންގްރެސްއެއް ބޭއްވުން، ފިޔަވަޅު އަޅާ ކޮމިޓީ ހިންގުން އަދި އާއްމު މެމްބަރުންނަށްބަދަލު ހޯދައި ދިނުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް