އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝާން އަދި ކުޑަކުއްޖާގެ ބައިވެރިވުންވެސް އޮތް: ކޮމިޝަންގެ ރިޕޯޓް

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ހުމާމްގެ އިތުރުން ޝާން އާއި ކުޑަކުއްޖާގެ ބައިވެރިވުންވެސް އޮތް ކަމަށް މަރުތަކާބެހޭ ކޮމިޝަނުގެ ރިޕޯޓްގައި ބު...

15 Nov 2019 | 05:52

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ހުމާމްގެ އިތުރުން ޝާން އާއި ކުޑަކުއްޖާގެ ބައިވެރިވުންވެސް އޮތް ކަމަށް މަރުތަކާބެހޭ ކޮމިޝަނުގެ ރިޕޯޓްގައި ބުނެފިއެވެ.

އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކާއި މިހާރު ހިއްސާކޮށްފައިވާއިރު ރިޕޯޓްގައި ހިމެނޭ ބައެއް ވާހަކަތައް ނޫސް މީޑިއާތަކުގައްޔާއި ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުކުރަން ފަށާފައެވެ.

އެގޮތުން ހ. ލޮބީ ހުސެއިން ހުމާމް އާއެކު އެ ހަމަލާ ދިނުމުގައި ހ. ހިކޯސްޓް އަލީ ޝާން އަދި އެ މައްސަލައިގާ ކުރިން ހައްޔަރުކޮށް ދައުވާކުރި 18 އަހަރުގެ ކުޑަކުއްޖާގެ ބައިވެރިވުންވެސް އޮތް ކަން މަރު ކޮމިޝަނުގެ ތަހުގީގަށް ހާމަވެފައިވާކަމަށް މަރުކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުށް ސާބިތުގެ މަރުގެ ހުކުމް އިއްވައި އަދި މަތީ ކޯޓުތަކުން އެ ހުކުމް ދަމަހައްޓާފައިވާއިރު ޝާން އާއި ކުޑަކުއްޖާ ވަނީ ދޫކޮށްލާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމުގެ މޭސްތިރިއަކީ ހ. ހިލްޓަން އަޒްލިފް ރައޫފްއެވެ. އަޒްލިފާ އެކަން ހަވާލުކުރީ ދީނީ ގޮތުން އަފްރާޝީމާ ހިޔާލު ތަފާތުވާ ބަޔަކުކަމަށާއި އެއީ ކޮން ބައެއްކަން އެނގޭކަމަށްވެސް މަރުކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް