ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕް ބެޓެރިއެއް ހިމެނޭހެން ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރި ފަރާތް ހޯދަން އެ މުވައްސަސާއިން އިޢުލާންކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ޢިޢުލާނެއްގައި ބުނީ، މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި މި ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ، އޮކްޓޯބަރ 3 ވަނަ ދުވަހު ސައިރިކްސް ކޮލެޖު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕު ބެޓެރިއަކާއި އޮކްޓޯބަރ 5 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބޯލްޓް ކަނެކްޝަން ފޮއްޓެއްގެ އިތުރުން، އޮކްޓޯބަރ 6 ވަނަ ދުވަހު އިރަމާ މަގުގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެރިއަކުނެތް ގޭސްފުޅިއެކެވެ.
މީގެ އިތުރުން، އޮކްޓޯބަރ 7 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން އެއަރޕޯޓު ފެރީޓަރމިނަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 165 ރުފިޔާ އާއި އޮކްޓޯބަރ 8 ވަނަ ދުވަހު މ. ޖަވާހިރުމަގުގައި ހުރި ވެރިއަކުނެތް ގުރާ ކޮއްޓެއް އަދި އޮކްޓޯބަރ 10 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަޓަރ އޮފް މެޝިނެއް މީގެ ތެރޭގައި ހިމެނެއެވެ.
ހަމައެހެންމެ، އޮކްޓޯބަރ 11 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ލަކުޑި ފަސް ފަތިގަނޑާޢި އޮކްޓޯބަރ 11 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއްގެ މަޑިދަށުން ފެނިފައިވާ ވަގަށް ނަގާފައިވާކަަމަށް ބެލެވޭ ސެމްސަންގ ޓެބްލެޓެއް އަދި ، އޮކްޓޯބަރ 12 ވަނަ ދުވަހު ލޯކަލް މާރުކޭޓު ކައިރިން ފެނިފައިވާ ވެރިއަކުނެތް ފްލަޑް ލައިޓެއް ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ހުއްޓެވެ.
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ވެސް އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް