ދަނޑުވެރިކަމަށް އިތުރު ރަށްތަކެއް ދޫކުރަން ނިންމައިފި

ރާއްޖޭގައި ދަނޑުވެރިކަމަށް އިތުރު ރަށްތަކެއް ދޫކުރަން ނިންމައިފި އެވެ. މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިކަން އިއުލާން ކުރެއްވީ ދަނޑުވެރިންގެ ދު...

15 Oct 2021 | 18:46

ރާއްޖޭގައި ދަނޑުވެރިކަމަށް އިތުރު ރަށްތަކެއް ދޫކުރަން ނިންމައިފި އެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިކަން އިއުލާން ކުރެއްވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

މި ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް އިތުރު 5 ރަށެއް ދޫކުރުމަށް ވަރަށް އަވަހަށް ޢިއުލާންކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ބިމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާ، މިނިސްޓަރ ވިދާޅުވީ މިހާރު ބިމުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފައިފިނަމަ މުސްތަޤުބަލުގައި މިއީ ކުރިމަތިވެދާނެ ބޮޑު މައްސަލައެއް ކަމަށެވެ.

އެހެންކަމުން ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ދަނޑުވެރިކަން ކުރުމުގައިވެސް ބިން ހެޔޮގޮތުގައި ބޭނުންކުރަން މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.

މިހާރުވެސް ރާއްޖޭގައި މީހުން ދިރިނޫޅޭ 50 އަށްވުރެ ގިނަ ރަށްވަނީ ދަނޑުވެރިކަމަށް ދޫކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް