ރާއްޖެއިން އަނެއްކާ ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮަޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށެވެ. އަދި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވެފައިވަނީ ބުދަ ދުވަހުން ފެށިގެން އެ އޮޕަރޭޝަން ހިންގީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ޓީމުތައް ގުޅިގެން ކަމަށެވެ.
އެހެންނަމަވެސް މަސްތުވާތަކެތި އަތުލައިގަތީ ކޮން ތަނަކުން ކަމެއް ސީޕީ ވިދާޅުވެފައެއް ނުވެއެވެ.
އެ އޮޕަރޭޝަނުގައި އިންޑިއާ ސަރުކާރާއި އެމްއެންޑީއެފުން އެހީތެރިވެފައިވާތީ ކޮމިޝަނަރު ހަމީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
https://twitter.com/M_Hameedh/status/1449051845817741317
215 ކިލޯ ގެ ހެރޮއިން އަތުލައިގެންފައިވާ އިރު، ފަޅު ރަށެއްގައި ވަޅުލާފައި ހުރި 100 ކިލޯގެ ހެރޮއިން ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.
ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނުގައި، އެފަހަރު ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު ޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް