މައިކްރޯސޮފްޓް ކުންފުނީގެ ބާނީ އެމެރިކާގެ މަހުޖަނު ބިލްގޭޓްސް އާއި މެލިންޑާ ފްރެންޗް ގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ކެތަރިން ގޭޓްސްގެ ކައިވެނި މާދަމާ އޮންނާނެ އެވެ.
އުމުރުން 25 އަހަރުގެ ޖެނިފާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އުމުރުން 30 އަހަރުގެ ނަޔެލް ނައްސާރު އާއެވެ. ނަޔެލް އަކީ އެމެރިކާގައި ދިރިއުޅޭ އާކިޓެކްޗާ އަދި ޑިޒައިން ފާމެއް ހިންގާ މިސްރަށް ނިސްބަތްވާ މުއްސަނދި އާއިލާއެއްގެ މިލިއަނަރެކެވެ. އޭނާ އުފަންވީވެސް އެމެރިކާ އަށެވެ.
މި ދެ ލޯބިވެރިން އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ. ޖެނިފާ އާއި ނަޔެލްގެ ކައިވެންޏަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު ކައިވެންނަށް ކުރަން ނިންމާފައިވާ ބައެއް ހަރަދުތަކުގެ ތަފްސީލް ދަނީ ހާމަވަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުންގެ ކައިވެނީގެ ހަފްލާގެ ޚަރަދުތަކަށް އެކަނިވެސް ދެ މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށެވެ.
ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބިލްގޭޓްސް އާއި މެލިންޑާ 2018 ވަނަ އަހަރު ޖެނިފާއަށް ގަނެދީފައިވާ ނޯތް ސެލަމް ހޯސް ފާމް ގައެވެ. އެ ފާމް ގަނެދީފައިވަނީ 16 މިލިއަނަށް އެމެރިކާ ޑޮލަރަށެވެ.
މި ދެމީހުން ދިމާވެފައި ވަނީ 2018 ވަނަ އަހަރު ސްޓެންފޯޑް ޔުނިވާސިޓީއިން ޖެނިފާ ހިއުމަން ބަޔޮލޮޖީއިން ޑިގްރީ ކިޔެވިއިރުއެވެ. ނަޔެލް އަކީ ޕްރޮފެޝަނަލް އަސް ދުއްވުންތެރި އެކެވެ.
އުމުރުން 65 އަހަރުގެ ބިލްގޭޓްސް އާއި 57 އަހަރުގެ މެލިންޑާ ފްރެންޗްގެ 27 އަހަރުވީ ކައިވެނި ރޫޅާލާފައިވަނީ ފާއިތުވި އޮގަސްޓު މަސް ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް